އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ، 2022 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން، ދެ އަހަރު ދުވަހުގެ މުއްދަތަށް، އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022 ނޮވެމްބަރ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން، 6660606 ނަންބަރު ފޯނާ ގުޅުއްވައި ނުވަތަ [email protected] އަށް މެއިލްކުރައްވައި ނަންނޯޓްކުރެއްވުން އެދެމެވެ.
- މަސައްކަތުގެ މަޢުލޫމާތު ކަރުދާސް، ނަންނޯޓްކުރައްވާ ފަރާތްތަކަށް ލިބިލައްވާނެ އެވެ. މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2022 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:30 އެވެ. މީގެފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެ އެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާނީ، މި އިދާރާއަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
- އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:35 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
- އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާގޮތް، މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
16 ނޮވެންބަރު 2022
ހޯދާ