ދިވެހިރާއްޖެ
ޅ. ކުރެންދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 23 ނޮވެމްބަރ 2022ވާ ބުދަދުވަހުގެ 14:00ގެ ކުރީން މިއިދާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޮނުއްވާނީ [email protected] އަށެވެ. ބިޑް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 21 ނޮވެމްބަރ 2022ވާ ހޯމަ ދުވަހުގެ 14:00އެވެ. ޕްރީ ބިޑް މީޓިން އޮންނާނީ 23 ނޮވެމްބަރ 2022ވާ ބުދަ ދުވަހުގެ 11:00ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 30 ނޮވެމްބަރ 2022ވާ ބުދަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ.
ބިޑް ރަޖިސްޓްރީކުރުމަށް ފޮނުއްވާ ލިޔުމުގައި މިދަންނަވާ މަޢްލޫމާތު ހިމަނަންވާނެއެވެ.
1- ޙަވާލާދޭ އިޢްލާން ނަމްބަރު (މެއިލް އިން ފޮނުއްވާ ނަމަ "ސަބްޖެކްޓް" ގައި އިޢްލާން ނަމްބަރު ޖެއްސެވުން)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަމްބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު
6- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޑިޓީ ކާޑުގެ ސާފު ފޮޓޯ ކޮޕީ ފޮނުއްވަންވާނެއެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.
21 ރަބީޢުލްއާޚިރު 1444
15 ނޮވެމްބަރ 2022