ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރ 2022 (ބުދަ) ދުވަހުގެ 10:15 ގެ ކުރިން މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.
ލިންކް: https://forms.office.com/r/ZbRyuETPE6
ތަފްސީލް |
ތާރީޚް |
ގަޑި |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް [email protected] |
22 ނޮވެމްބަރ 2022 (އަންގާރަ) |
10:15 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
23 ނޮވެމްބަރ 2022 (ބުދަ) |
10:15 |
އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ( |
24 ނޮވެމްބަރ 2022 (ބުރާސްފަތި) |
10:15 |
މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 23 ނޮވެމްބަރ 2022 (ބުދަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަންތައް އިވެލުއޭޓު ކުރުމުގައި ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނަންބަރު 2022/G-23 އާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރެވޭނެކަމުގައި ދަންނަވަމެވެ.