މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ފާސްޓް އިންޓަސެޕްޓަރ ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފާސްޓް އިންޓަސެޕްޓަރ ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 05 އެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

މިމަޝްރޫޢުގެ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 23 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. އަދި ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. ބީލަން ހުޅުވުން އޮންނާނީ 30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. މިކަމަށް ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2014/139) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިމިނިސްޓްރީގެ ފޯން ނަންބަރު 3313124 އާ ގުޅުން އެދެމެވެ.

20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ