ދިވެހިރާއްޖެ
އިޢުލާން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް ހޯދުން.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް މިއިދާރާއަށް ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 01 (އެކެއް)
އުޖޫރަ:
- 2 ފުރޮޅުލީ އުޅަނދަކަށް -/15 ރުފިޔާ (ފަނަރަ ރުފިޔާ)
- އެހެނިހެން އުޅަނދުތަކަށް -/25 ރުފިޔާ (ފަންސަވީސް ރުފިޔާ)
ޝަރުތު:
- އދ.އޮމަދޫ ކައުންސިލް އިދާރާގެ މުވައްޒަފަކަށް ނުވުން.
- ލިޔަންކިޔަން އެނގުން.
- ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.
- ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޑްރައިވިން ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.
ހުށަހަޅަންޖެހޭ ތަކެތި:
- ޑްރައިވިން ލައިސަންސްގެ ކޮޕީ
- ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
- އައި.ޑީ ކާޑުގެ ކޮޕީ
- ހުށަހަޅާ ފަރާތުގެ ވަނަވަރު
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 2022 ނޮވެމްބަރ 22 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
19 ރަބީޢުލްއާޚިރު 1444
13 ނޮވެމްބަރ 2022
އިބްރާހީމް ޢާދިލް
އދ.އޮމަދޫ ކައުންސިލްގެ ރައީސް