ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ލޭންޑިންގ ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 05 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
މިމަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. އަދި ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. ބީލަން ހުޅުވުން އޮންނާނީ 30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. މިކަމަށް ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2014/138) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިމިނިސްޓްރީގެ ފޯނު ނަންބަރު 3313124 އާ ގުޅުން އެދެމެވެ.
20 މުޙައްރަމް 1436