ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: GS-144/2022/IUL/09
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ކ.ދިއްފުށި ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 ޖަނަވަރީ 2023 އިން 31 ޑިސެމްބަރ 2023 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
01 ޖަނަވަރީ 2023 އިން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢުލާނުގެ މުއްދަތުގެ ތެރޭގައި ދިއްފުށީ ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް މަޢުލޫމާތު ސާފުކުރައްވާ ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގަނެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ، ވިޔަފާރީގެ އޮބްޖެކްޓިވްތަކުގެތެރޭގައި ސެކިއުރިޓީގެ ހިދުމަތްދިނުމަށް ހުއްދަލިބިފައިވާ ފަރާތްތަކަށެވެ.
ބީލަމަށް އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ނަންނޯޓްކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަން ނޯޓްކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6640522 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި ނަންނޯޓްކުރުމަށް |
ޕްރީބިޑް މީޓިންގ |
އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން |
15 ނޮވެމްބަރ 2022 ން 23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 12:00 ށް. ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 ން 12:00 ށް. |
20 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 11:00. |
24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00. |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
15 ނޮވެމްބަރ 2022