ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން

 

Noonu Atoll School

N. Manadhoo

Republic of Maldives

 

c

 

ނ. އަތޮޅު މަދަރުސާ

 

ނ.މަނަދޫ

ދިވެހިރާއްޖެ

                                                ނަމްބަރ 18GS35/2022/

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިގުޅޭ.

                    1 ޑިސެމްބަރ 2022 ހުންފެށިގެން 1 އަހަރުގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި

ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                     މި މަސައްކަތަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

1 ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާން

  ކުރާ ފަރާތްތަކަށެވެ.

1.1  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

1.2  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

1.3  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

1.4  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

1.5  މިމާއްދާގެ 1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

                   ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރ 15 އިން 2022 ނޮވެމްބަރ 21 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 12.30 އަށް  ސްކޫލަށްދުރުވެ ނަންނޯޓްކުރެއްވުއެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެމްބަރ 22 ވާ އަންގާރަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                     ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2022 ނޮވެމްބަރ  23 ވާ ބުދަ ދުވަހުގެ މެންދުރު  13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 29 ވާ އަންގާރަ  ދުވަހުގެ މެންދުރު  13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މި ސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.     

                     އިތުރު މައޫލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ނ. އަތޮޅު މަދަރުސާ / ނ.މަނަދޫ

ފޯންނަމްބަރ 6560003

އީމެއިލް: [email protected]

                         21 ރަބީޢުލްއާޚިރު   1444

                           15 ނޮވެމްބަރ     2022

 

15 ނޮވެންބަރު 2022
ހޯދާ