ދިވެހިރާއްޖެ
ނަންބަރު: HDC(161)-MKS/IU/2022/470
އިޢުލާން |
އެޗް.ޑީ.ސީ ގެ 'ޑައިރެކްޓް އެލޮކޭޝަން ޕޮލިސީ' ގެ ދަށުން ވިޔަފާރި ބޭނުމަށް ޔުނިޓް ދޫކުރުމާއި ގުޅޭ:
މި ކޯޕަރޭޝަނުން ބަލަހައްޓަމުންގެންދާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހާއްސަ ވިޔަފާރި ޔުނިޓްްތައް ޤާއިމުކޮށް، ވިޔަފާރި ދާއިރާ ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން، ދެ އުސޫލެއްގެ ދަށުން ޔުނިޓް ކުއްޔަށް ދޫކުރުވެއެވެ. މިގޮތުން ޔުނިޓް ދޫކުރެވޭނީ، 'ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އާރ.އެފް.ޕީ)' މެދުވެރިކޮށް ނުވަތަ އެޗް.ޑީ.ސީއިން ފާސްކޮށް އަމަލުކުރަމުންދާ 'ޑައިރެކްޓް އެލޮކޭޝަން ޕޮލިސީ' ގެ ދަށުންނެވެ.
އެގޮތުން މި ކޯޕަރޭޝަނުން އިއުލާނު ކުރާ 'ރިކުއެސްޓް ފޮރ ޕްރޮޕޯސަލްތައް (އާރ.އެފް.ޕީ)' ތިރީގައި ބަޔާންކޮށްފައިވާ ވެބްސައިޓް ތަކުން ފެނިވަޑައިންނަވާނެއެވެ.
މިކޯޕަރޭޝަނުގެ ވެބްސައިޓްތައް:
މީގެ އިތުރުން، މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ލިޔުމުގައި 'ޑައިރެކްޓް އެލޮކޭޝަން ޕޮލިސީ' އާއި ބެހޭ އިތުރު މައުލޫމާތު ހިމެނިފައިވާނެެއެެވެ.
21 ރަބިއުލްއާޙިރް 1443ހ
15 ނޮވެމްބަރ 2022 މ