ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުން ދޭ އިންޓިރިއާ ޑިޒައިންގެ ކުރެހުންތަކާއި އެއްގޮތަށް ކައުންސިލް އިދާރާގެ މަރާމާތާއި އިދާރާގެ ސެޓްއަޕްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އިންޓީރިއާ ޑިޒައިން މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 16 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 11:00ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާ ގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 12 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.