ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗުގެ އިންޖީނު ނީލަންކިއުމާއި ބެހޭ

މި އިދާރާގެ ޑެކޯރާ ލޯންޗުން ނަގާފައިވާ 200 ހޯސްޕަވާރގެ 1 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި މިއިދާރާގެ ނަމްބަރ (IUL) 240-CA/240/2022/12 (31 މާރިޗް 2022) އިޢުލާނާއި ގުޅިގެން ނީލަމަށް އަގު ހުށަހެޅި ފަރާތް ތަކުގެ ތެރެއިން އެންމެމަތީ އަގެއް ހުށަހެޅި ފަރާތުން ފައިސާ ދެއްކުމަށާއި،އިންޖީނު ގެންދިއުމަށް އިޢުލާނުގައިވާ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައި ނުވާތީ އެ އިންޖީނު އަލުން ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ-/25,000 (ފަންސަވީސް ހާސް) ރުފިޔާއެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭ އެންމެ ކުޑައަގަކީ-/2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެން  މި އިދާރާގެ ކައުންޓަރަށް ނުވަތަ މި އިދާރާގެ [email protected] މެއިލް އަށް މެއިލް ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި،މި އިދާރާގެ ވެބުސައިޓު www.laamu.gov.mv  އިން ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.

އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6800713 އާއި ގުޅުއްވުން އެދެމެވެ.

ނީލަމުން ނަންގަވާ އިންޖީނު ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޡިލް ކުރެވޭނެވެ.

އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު

އިންޖީނުގެ ނަން: ޔަމަހާ

އިންޖީނުގެ ޢަދަދު 01

ހޯސްޕަވަރ: 200

ހަކަތައިގެ ބާވަތް : ޕެޓްރޯލް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

14 ނޮވެންބަރު 2022
ހޯދާ