މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަތޮޅު ވޮލީބޯޅަ މުބާރާތް 2022"

          ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހިކުރުމަށްޓަކައި މި އިދާރާއިން އިންތިޒާމުކޮށްގެން މިންތީގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ "އަތޮޅު ވޮލީބޯޅަ މުބާރާތް 2022" އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހޯސްޓްކުރާ ކައުންސިލަކަށް 100000.00ރުފިޔާ (އެއްލައްކަ ރުފިޔާ) ދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

          ވީމާ، މުބާރާތް ބޭއްވުމަށް ޝައުޤުވެރިވާ ކައުންސިލްތަކުން 2022 ނޮވެންބަރު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން "މ. އަތޮޅު ކައުންސިލްގެ ވޮލީބޯޅަ މުބާރާތް 2022" މުބާރާތް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2022
ހޯދާ