މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑާޓާ ސެންޓަރ އަޕްގުރޭޑުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޑާޓާސެންޓަރ އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން:

1. މިމިނިސްޓްރީގެ ޑާޓާ  ސެންޓަރ އަޕްގްރޭޑުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ނޮވެންބަރު 14 ން 2022 ނޮވެންބަރު 19 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.moe.gov.mv

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ނޮވެންބަރު 22 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341403

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

14 ނޮވެންބަރު 2022
ހޯދާ