ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫ ބަނދަރު ސެކިއުރިޓީ ބެލެހެއްޓުން

ނަންބަރު: 182(IUL)403-A/403/2022/

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

         ލ.މާމެންދޫ ބަނދަރު ސެކިއުރިޓީ 2 (ދޭއް) އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިިދާރާއިން ކުރި ނަންބަރު(IUL)403-A/403/2022/176  (23 އޮކްޓޫބަރު 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް 3 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ތަފްޞީލް

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީވުން

15 ނޮވެންބަރު 2022 އިން

21 ނޮވެންބަރު 2022 އަށް

10:00 އިން 13:00  އާއި ދެމެދު

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

28 ނޮވެންބަރު 2022

(ހޯމަ)

13:00 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

 

މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން  ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. މިބީލަން ފޮތް، 2022 ނޮވެންބަރު 20 ވާ އާދިއްތަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާ އެވެ.

 

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              20 ރަބީޢުލްއާޚިރު 1444ހ

14 ނޮވެންބަރު 2022
ހޯދާ