ދިވެހިރާއްޖެ
މި މިނިސްޓްރީއާއި ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންއާ (FAO) ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ސްޓެރެންތަނިންގ ނެޝަނަލް ކެޕޭސިޓީ އޮފް ދަ މޯލްޑިވްސް ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން" ޓްރެއިނިން ހިންގުމަށް ބޭނުންވާ ކޮންފަރެންސް ހޯލް އަދި ކޭޓަރިންގ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)30/30/2022/330 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ކުރިމަތި ލެވޭގޮތަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282އަދި 3339239 ނަންބަރު ފޯނަށެވެ.