މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކުޑަރިކިލުގައި މަސްމާރު ކޭޓެއް ޤާއިމްކުރުމާބެހޭ

    `    

                     

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 (IUL)313-MI/313/2022/108 :ނަންބަރު

އިޢުލާން  

މަސްމާރު ކޭޓެއް ޤާއިމް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

 ބީލަން ހުށަހެޅުމުގެ ދައުވަތު   

          ބ.ކުޑަރިކިލުގައި މަސްމާރު ކޭޓެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރ 20 ވާ އާދިއްތަ ދުވަހުގެ 10:00 ގެކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

2022 ނޮވެމްބަރ 13 އިން 2022 ނޮވެމްބަރ 20 ވަނަ ދުވަހުގެ 10:00 އަށް،

ޕްރީ ބިޑް މީޓިންގ:

2022 ނޮވެމްބަރ 20  ވަނަދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

ބިލާން ހުށަހެޅުމާއި، ހުޅުވުން:

2022 ނޮވެމްބަރ 27  ވަނަދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

 

               

 

 

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،  އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.   

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

ފޯން ނަންބަރ :   4000079

އީމެއިލް  : [email protected]

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 19  ރަބީއުލްޢާޙިރް    1444

                 13   ނޮވެމްބަރ     2022

13 ނޮވެންބަރު 2022
ހޯދާ