މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ ގްރައުންޑް ފްލޯ (G6(H ބްލޮކް ކުއްޔަށް ދޫކުރުން:
މި ކުންފުނީގެ ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ ގްރައުންޑް ފްލޯގެ (G6(H ނަންބަރ ބްލޮކް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.
ވީމާ، މި ބްލޮކް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް |
25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
20 މުޙައްރަމް 1436
13 ނޮވެންބަރު 2014
ހޯދާ