މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ވެޓަރިނޭރިއަން                             ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/11065

ސަރވިސް އެލަވަންސް:

މަހަކު -/3500 ރ.

ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް

އީއެކްސް: 3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އެގްރިކަލްޗަރ ޑިވިޜަން

މަސައްކަތް ކުރަންޖެހޭ ތަން

މާލެ/ ހުޅުލެ

މަޤާމުގެ ޝަރުޠު

 

  1. ވެޓަރިނަރީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ވެޓަރިނަރީ ދާއިރާގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ވެޓަރިނަރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ވެޓަރިނަރީ ދާއިރާގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ވެޓަރިނަރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ވެޓަރިނަރީ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ވެޓަރިނަރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ވެޓަރިނަރީ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  5. ވެޓަރިނަރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  6. ވެޓަރިނަރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، އެގްރިކަލްޗަރ ދާއިރާއިން ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސްމަހާ މެއްސާއި ޖަނަވާރަށްޖެހޭ އެކިއެކި ބަލިތައް ދެނެގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ލެބޯޓްރީއެއް ޤާއިމުކުރުން.
  • ޖަނަވާރަށްޖެހޭ އެކިއެކި ބަލިތަކުގެ ސާމްޕަލްތައް ނަގައި އެބައްޔާ ގުޅޭ ގޮތުން އިތުރު ތަޙުލީލުތައް ހަދައި އެ ބައްޔަކީ ކޮންކޮން ބައްޔެއްކަން ކަށަވަރު ކުރުމުގެ ގޮތުން ސާމްޕްލްތައް ރާއްޖޭން ބޭރުގެ ލެބޯޓްރީތަކަށް ފޮނުވުން.
  • ޖަނަވާރާއި ދޫނިސޫފާ ސޫފި އިމްޕޯޓް/ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ސެޓުފިކެޓު ތައްޔާރު ކުރުމުގައި ޓެކްނިކަލް ގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ޖަނަވާރާއި ދޫނި ސޫފާސޫފީގެ ސަބަބުން ޖެހޭ ބަލިތަކުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުން.
  • ލެބޯޓްރީގައި މަސައްކަތްކުރާނެ މީހުން ތަމްރީނު ކުރުމާއި އެކަމާގުޅޭ އަތްމަތީ ފޮތް ތައްޔާރު ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު އަދި ތަޖުރިބާ

- ވެޓަރިނަރީއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި މިންވަރު   

 

މަޤާމު: އިންސްޕެކްޓަރ                            ބޭނުންވާ އަދަދު:  1              

މުސާރަ

މަހަކު -/4000

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އ. އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ސެކްޝަން/ ޖެނެރަލް އެޑްމިނިސްޓްރޭޝަން

މަސައްކަތް ކުރަންޖެހޭ ތަން

މާލެ/ މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

2. ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީން ބެހުމަށް ހަވާލުކުރާ ތަކެތި ބެހުން.
  • މިނިސްޓްރީގެ ޕްރޮކިޔުމަންޓް ޔުނިޓުން ހަވާލުކުރާ ޕަރޗޭސިންގ އޯޑަރުތަކަށް މުދާ ނެގުމަށްފަހު އެ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • މިނިސްޓަރާއި ސްޓޭޓް މިނިސްޓަރުންގެ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، މިނިސްޓްރީން ކުރާ ދަތުރުތަކާ ގުޅިގެން އެއަރޕޯޓަށް ދިއުމާއި، ދަތުރުތަކާ ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީން ހަވާލުކުރާ މެއިންޓެނަންސް އާބެހޭ ކަންކަން ކުރުމާއި، އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު

- ސިވިލްސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

 

މަޤާމު: މަސައްކަތު                                   ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް:

މަހަކު -/1000 ރ.

ކްލެސިފިކޭޝަން

ސްޕޯރޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ 

މަސައްކަތް ކުރަންޖެހޭ ތަން

މަނިޔަފުށި 

މަޤާމުގެ ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަނިޔަފުށީގެ މަސައްކަތްތަކަށް ހިފައިގެންގުޅޭ ތަކެތި ސާފުކުރުން.
  • ޢިމާރާތާއި ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ސާފުކުރުން
  • ރަށުތެރެ ވިނަނޮޅައި ކުނިކަހައި ސާފުކުރުން.
  • ރަށުގައި ގަސްއިންދައި ފެންދީ ބެލެހެއްޓުން.
  • ކަންކައި ކާންހެދުމުގެ މަސައްކަތުގައި އެހީތެރިވުން.
  • އެރަށުގައި ކުރާ ރިސާރޗް މަސައްކަތްތަކަށް އެހީތެރިވުން
  • ދޯންޏާއި ލޯންޗަށް ތަކެތި އެރުވުމާއި ބޭލުމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

- ގަސްތަކަށް ކާންއެޅުމާއި- ގަސް މުޑުވައްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސާފުތާހިރުކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން   

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. ބޭސްފަރުވާ
  2. އިތުރުގަޑީގެ ފައިސާ
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށް، އަސްލާ އެއްގޮތްކަމަށް (އެޓެސްޓް) ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް (އެޓެސްޓް) ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަޑު ޖަހާފައިވާ އަސްލު)
  • ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

    މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

10 ނޮވެންބަރު 2014
ހޯދާ