ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމާ ގުޅޭ
ތަމްރީން ޕްރޮގްރާމާ ގުޅޭ.
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި އަދި މިދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީނުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލްއަށް([email protected]) 30 ނޮވެމްބަރ 2022 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ.
- ތަމްރީންގެ ނަން: ފަންޑަމެންޓަލްސް އިން ލައިބްރަރީ ސަރވިސް
- ތަން: ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް
- މުއްދަތު: 13 ޑިސެމްބަރ 2022 އިން 28 ޑިސެމްބަރ 2022 އަށް
- ވަގުތު: 08:30 އިން 14:00 އަށް
- ޖާގަ: 20
މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އެސިސްޓަންޓް ލައިބްރޭރިއަން އާމިނަތު ރިމް (3007200) އަށެވެ.
ޝުކުރިއްޔާ!
13 ނޮވެމްބަރު 2022
13 ނޮވެންބަރު 2022
ހޯދާ