ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅަނގު ފަރާތު އަތިރިމަތީގައި ގިނަ ދުވަހު އެހެލާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ

ނަންބަރު: (IUL)262/262/2022/93

އިޢުލާން

 

ހުޅަނގު ފަރާތު އަތިރިމަތީގައި ގިނަ ދުވަހު އެހެލާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ

 

މިއިދާރާގެ ނަންބަރު (IUL)262/262/2022/48  (12 ޖޫން 2022) އިޢުލާންގައި ދަންނަވާފައިވާ، ރަށު ހުޅަނގު ފަރާތު އަތިރިމަތީގައި ގިނަ ދުވަސްތަކެއްވަންދެން އެހެލާފައި ހުރުމުގެ ސަބަބުން ހަލާކުވެ ވީރާނާވަމުންދާ އުޅަދުތަކުގެ ސަބަބުން، ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެފަދަ އުޅަނދުތައް 12 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެސަރަހައްދުންނަގައި، ކާރނޭޝަންމަގުގެ އުތުރުން ކުދިމާގޯޅީގެ ދެކުނުގައިވާ ސަރަޙައްދަށް ގެންދިޔުމަށާއި، މިހާރު ދޯނިތައް ހުރި ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ވާނީ އެންގިފައިވާނެއެވެ. އަދި އެމުއްދަތުގެތެރޭގައި ނުނަގާ އުޅަދުތަކާއިމެދު، 12 އޮކްޓޯބަރ 2014 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ  (މިކައުންސިލުގެ ޤަވައިދު ނަމްބަރު: 346-(2014/R "ޢާއްމުތަންތަނަށާއި މަގުމައްޗަށާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވައިދު" އަށް ރިޢާޔަތްކޮށް އެ އުޅަނދުތަކާއިމެދު ޢަމަލުކުރާނެކަމުގައި ދަންނަވާފައިވާނެއެވެ.

ނަމަވެސް، މިއަދާހަމައަށް އެންމެ ދޯންޏެއްފިޔަވާ އެއްވެސް ދޯންޏެއް ނަގާފައިނުވާތީ، ނުނަގާހުރި ދޯނިތަކާމެދު މަތީގައި ދަންނަވާފައިވާ މިކައުންސލްގެ ޤަވަޢިދުގެ ނަންބަރ 8 ގެ (ހ) "ދޫކޮށްލާފައިވާ ތަކެތި ނައްތާލުން" އަދި ނަންބަރު 9 ގެ (ހ) "ދޫކޮށްލާފައި ހުންނަތަކެތި ވިއްކާލުން" މި 2 މާއްދާއަށް ރިޢާޔަތްކޮށް، އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައަޅާ، އެތަކެތީގެ ތެރެއިން ބޭނުންކުޑަކަމަށް ފާހަގަކުރެވޭ ތަކެތި ނައްތާލުމަށް، ނުވަތަ ނީލަމުގައި ވިއްކާލުމަށާއި، އެނޫން ތަކެތި އެސަރަހައްދުންނަގައި ކަނޑައެޅިފައިވާ ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް 20 ނޮވެމްބަރ 2022 ގެ ފަހުން ކައުންސިލުން ކުރަމުންދާނެކަމުގައި ދަންނަވަމެވެ.

 

#

ދޯނީގެ ރަޖިސސްޓަރީ ނަމްބަރު:

ދޯނީގެ ނަން / މައިގަނޑުކުލަ

އުޅަނދު އޮތް ސަރަޙައްދު

ޢަމަލުކުރާނެ ގޮތް

1

P2578A-02 07-A

 (ނޫކުލަ) ، ފެރީދޯނި

ހުޅަނގުފަރާތު އަތިރިމަތި (ޗާންދަނީމަގާއި ސޯސަންމަގު ދެމެދު)

ނައްތާލުން/ނީލަމުގައި ވިއްކާލުން

2

(ނެތް)

 (ނޫކުލަ) ، ފެރީދޯނި

ހުޅަނގުފަރާތު އަތިރިމަތި (ޗާންދަނީމަގާއި ސޯސަންމަގު ދެމެދު)

ނައްތާލުން/ނީލަމުގައި ވިއްކާލުން

3

P1406A-01 10-T

 (ގަދަ ނޫކުލަ) - ފެރީދޯނި

ހުޅަނގުފަރާތު އަތިރިމަތި (ރަށްވެހިމަގު ދެކުނު މަގުކައިރި)

ސަރަހައްދުން ނަގައި އޮޑި އެހެލުމަށް ކަނޑައަޅާފައިވާސަރަހައްދަށް ގެންދިއުން

4

P5545A-01 07-B

 (ފެހި ކުލަ)

ހުޅަނގުފަރާތު އަތިރިމަތި (ސޯސަންމަގު ދެކުނު މަގުކައިރި)

ނައްތާލުން/ނީލަމުގައި ވިއްކާލުން

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ނޮވެންބަރު 2022
ހޯދާ