ދިވެހިރާއްޖެ
| 
 މަޤާމު  | 
 ސީނިއަރ އެކައުންޓްސް އޮފިސަރ  | 
| 
 ރޭންކް/ކްލެސިފިކޭޝަން  | 
 MS3/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ސަރވިސް  | 
 މިޑްލް މެނޭޖްމަންޓް ސަރވިސް  | 
| 
 ޑިޕާޓްމަންޓް / ސެކްޝަން  | 
 ފައިނޭންސް އެންޑް އެކްއިޒިޝަން  | 
| 
 ބޭނުންވާ އަދަދު  | 
 1  | 
| 
 މުސާރަ  | 
 -/7035 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 -/2000 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 ތަޢުލީމާއި ތަޖުރިބާ  | 
 1. ފައިނޭންސް / އެކައުންޓިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު  | 
 1. މިނިސްޓްރީގެ ފައިނޭންސް އެންޑް އެކުއިޒިޝަން ޑިޕާޓްމަންޓް ހިންގުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްގެ ބަޖެޓާއި، ބަޖެޓާ ނުބެހޭ އެކައުންޓުތަކުން ކުރެވޭ ޚަރަދުތައް ބަލަހައްޓައި، އެޚަރަދުތައް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން. 2. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާ ގޮތެއްގެ މަތީން ތައްޔާރުކުރުން. 3. ބަޖެޓް ނުވަތަ ބަޖެޓާ ނުބެހޭ އެކައުންޓުތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ލިބޭ ބިލްތަކާއި ލިޔުންތައް ބެލުން. 4. ބަޖެޓްތަކުގެ އައިޓަމްތަކުގެ ބާކީ ހުރިނެތްގޮތް ބަލައި، ޑެބިޓްވާ ކޯޑްތައް އެޖެސްޓްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވުން. 5. މިނިސްޓްރީގެ ފައިނޭންސް އެންޑް އެކްއިޒިޝަންގެ އަހަރީ ރިޕޯޓު (މާލީބަޔާން) ތައްޔާރުކުރުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުން. 6. ޑިޕާޓްމަންޓުގައި ކުރާ މަސައްކަތްތައް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހަލުވިކޮށް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެފަދަ އިންތިޒާމުތައް ޤާއިމުކުރަން މަސައްކަތް ކުރުން.  | 
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން  | 
 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަޙްމަދު މަގު) އަށް  | 
| 
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ). 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 3. ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ). 5. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރި ގޮތުގެ ލިޔުންތައް.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 - ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ - މަސައްކަތު އަޚުލާޤު - މަސައްކަތް ކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް - ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.  | 
| 
 އިންޓަރވިއު ކުރުން  | 
 މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 25 ނޮވެންބަރު 2014 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. ނޯޓް: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ.  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން  | 
 މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ މާލޭގައެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.  | 
16 މުޙައްރަމް 1436
