މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމުން ތަމްރީންކުރާ ކޯހަށް (މިޞްރު) މީހުން ހޯދުމަށް

އިޢުލާން

 

އިމާމުން ތަމްރީނު ކުރާކޯސް (މިޞްރު)

ކޯހުގެ މުއްދަތު: 2 މަސް ދުވަސް

ކިޔަވާ ތަން: ޤާހިރާ (މިޞްރު)

ތައާރަފް

އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތަށް ފޯރުކޮއްދިނުމުގެ މަގުސަދުގައި، މިޞްރު ސަރުކާރުގެ ފަރާތުން ހުރިހާ ޚަރަދެއް ކުރާގޮތަށް ތަމްރީނު ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށެވެ.

ކޯހުގެ ޝަރުތު

ހ. ޢަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާ އެކު، ކަމާގުޅޭ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވުން. ނުވަތަ،

ށ. ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ސުންގަޑި

އެޕްލިކޭޝަން ފޯމާއެކު ތައުލީމީ ދާއިރާއިން ލިބިފައިވާ އެޓެސްޓް ކުރެވިފައިވާ ސެޓްފިކެޓްތަކާއި ޢަބިބަހުން ތައްޔަރުކުރެވިފައިވާ ސީ.ވީ (އައި. ޑީ. ކާޑުގެ ދެފުށުގެ ކޮޕީ) 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށް ނުވަތަjobs@islamicaffairs.gov.mv  މެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މިކޯހަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ.

    https://islamicaffairs.gov.mv/?p=7182

ކޯހަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާ (ޢަރަބި ބަހުގެ ކޯސް / ޓްރޭނިންގ ތަކުގެ ލިޔެކިޔުންތައް)

ނޯޓް: ކޯހުގައި ބައިވެރިވާން އެދޭފަރަތަކީ، މި މިނިސްޓްރީ ފިޔަވައި އެހެން ތަނެއްގައި ވަޒީފާއަދާ ކުރާ ފަރާތެއްނަމަ، ކޯހުގައި ފޮނުވުމާމެދު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެއެ

11 ނޮވެންބަރު 2022
ހޯދާ