ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގުޅުވައިގެން ސްޓޯރ ރޫމެއް ހެދުމުގެ މަސައްކަތާ ގުޅޭ:
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގުޅުވައިގެން ސްޓޯރ ރޫމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓް (www.gazette.gov.mv) ގެ އާންމު އިޢުލާން ބައިން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފްކުރުމަށް ބޭނުންވާނަމަ މިކޯޓުގެ ނަންބަރު 6500143 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތާ ގުޅޭ އަގުބަލާ ފޯމް، ނުވަތަ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެ މަތިން ކޯޓޭޝަން ތައްޔާރުކޮށް، 2022 ނޮވެމްބަރު 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 މިކޯޓަށް ޚާޟިރުވެ އަގުބަލާ ފޯމް ނުވަތަ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ރަބީޢުލްއާޚިރު 1444