ދިވެހިރާއްޖެ
އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2016/R-57) އަށް އޮތޯރިޓީން ހުށަހަޅަން ނިންމާފައިވާ އިޞްލާޙުތަކާ ގުޅޭ ގޮތުން ދަންނަވަމެވެ.
ދިވެހިރާއްޖޭގައި އިންވެސްޓްމަންޓް ފަންޑް އުފައްދައި ހިންގުމުގައި، މިފަދަ ފަންޑުތައް ފުރިހަމައަށް ހިންގުމުގެ މާޒީއެއް އޮތް ޖުރިސްޑިކްޝަންތަކުގައި ކަންކުރާ ހަމަތަކަށް ރިއާޔަތްކޮށް ތަފާތު އެކި ގިންތިތައް އެކުލެވޭ ގޮތުން ފަންޑު އުފައްދައި ހިންގޭނެ މަގު ފަހިކޮށްދިނުމަކީ މި އޮތޯރިޓީގެ ޒިންމާތަކާއި ބާރުތަކަށް ބަލާއިރު މިހިނދު އިސްކަމެއް ދޭން ޖެހިފައިވާ ކަމެއްކަމަށް ވުމާއެކު، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކޮލިފައިޑް އިންވެސްޓަރުންނަށް ބައިވެރިވެވޭ ފަންޑު ޤާއިމްކުރެވޭނެ މަގު ފަހިކޮށްދިނުމަށް މަތީގައި ދެންނެވުނު ގަވާއިދަށް އިސްލާޙުގެނައުމަށް މި އޮތޯރިޓީން ވަނީ ނިންމާފައެވެ.
ވީމާ، މި އިޞްލާޙުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 15 ނޮވެމްބަރ 2022 ގެ 14:00 ގެ ނިޔަލަށް އާންމުކޮށް ހުޅުވާލަމެވެ.
މި ގޮތުން، މި އޮތޯރިޓީން އިޞްލާޙުކުރަން ހުށަހަޅާ ބައިތަކުގެ ކަރުދާހެއް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ ކަމުގައި ދަންނަވަމެވެ.
https://cmda.gov.mv/en/downloads/fund-regulation-amendment
މި އިސްލާޙުތަކަށް ހުށަހަޅާ ޚިޔާލު، [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ.
16 ރަބީޢުލްއާޚިރު 1444