މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގައި ބޭނުންކުރަމުންދާ ސޮފްޓްވެއަރތަކުގެ ލައިސަންސް އާ ކުރުމަށް

މި އިޢުލާންވަނީ 10 ނޮވެންބަރު 2022 15:05 ގައި ބާތިލް ކުރެވިފައެވެ.


 

ނަންބަރު: (IUL)101-AS/1/2022/285

އިޢުލާން

މިނިސްޓްރީގައި ބޭނުންކުރަމުންދާ ސޮފްޓްވެއަރތަކުގެ ލައިސަންސް އާ ކުރުމަށް

މިނިސްޓްރީގައި ބޭނުންކުރަމުންދާ ފަޔަރ ވޯލް އަދި ބެކަޕް ސޮފްޓްވެއަރ ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅުން.

ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގައި ލޮޓްތަކަށް ވަކިވަކިން އަގު ހުށައެޅިދާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިވަކިން ބިޑް ހުށަހަޅާ ފޯމްއިންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތް/ތައް ކަނޑައަޅާނީ ކޮންމެ ލޮޓަކަށްވެސް ވަކިވަކިން މާކްސްދީގެން، އެންމެގިނަ މާކްސް ލިބޭ ފަރާތް ނުވަތަ ފަރާތްތަކަށް އެއައިޓަމެއްގެ ބީލަން ކާމިޔާބުވާގޮތަށެވެ. އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

 

  •  ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • ބީލަން ހުށައަޅާ ފަރާތަކީ މި މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

 

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަން
  5. ތަޖުރިބާ ބަޔާންކުރާ ލިޔުން
  6. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

 

 

 

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

30%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން

3

ތަޖުރިބާ:

 10%

 ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 10 ޕޮއިންޓެވެ.)

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

 

               10 ނޮވެމްބަރ 2022

                          

 

 
 

 

 
10 ނޮވެންބަރު 2022
ހޯދާ