މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ވަޒީފާގެ ފުރުސަތު

މަޤާމު: ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 1

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސަޕޯޓް އެންޑް ނެޓްވަރކް މެނޭޖްމަންޓް ޔުނިޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ                     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީގެ ނެޓްވާރކް ފަރުމާކުރުމާއި، ޑިވެލޮޕްކުރުމާއި، ސާވާރ މެއިންޓެއިން ކުރުން.
  2. ދުވަހުން ދުވަހަށް ސާވާރ އޮޕަރޭޓިންގް ސިސްޓަމްތަކާއި ސާވާރގައި ބޭނުންކުރާ ޕްރޮގަރާމްތަކުގެ އަޕްޑޭޓްތައް ޑައުންލޯޑްކުރުމާއި، އިންސްޓޯލްކުރުން.
  3. ސާވާރއާއި، ނެޓްވާރކް މެލްވެއަރއާއި، ހެކާރސްގެ ކިބައިން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. އެންޓި ވައިރަސް ޑެފިނިޝަން އަޕްޑޭޓްކުރުމާއި، ނެޓްވާރކާ ގުޅިފައިހުރި ކޮމްޕިއުޓަރުތަކުގައި އެންޓިވައިރަސް  އަޕްޑޭޓް ސްޓޭޓަސް މޮނިޓަރކުރުން.
  5. ސާވަރ ބޭނުންކުރެވެމުންދާގޮތް މޮނިޓަރކުރުމާއި، ޑޮކިއުމަންޓުކުރުމާއި، ފާހަގަކުރެވޭ އާދަޔާ ޚިލާފު ހަރަކާތްތަކެއް ނެޓްވާރކްގައި އުޅޭނަމަ، ސެކްޝަން ވެރިންނަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުން އެޅުން.
  6. ސާވަރއާއި އެހެނިހެން ނެޓްވާރކްއާ ގުޅުންހުރި ހާރޑްވެއަރއާއި އެޕްލިކޭޝަންތައް އިންސްޓޯލްކޮށް ކޮންފިގަރކުރުން.
  7. ސާވަރގައި ހުންނަ ޑޭޓާ ރަނގަޅަށް ބެލެހެއްޓުމާއި، އޭގެ ބެކަޕް ދުވަހުން ދުވަހަށް ހެދުމާއި، ބެކަޕްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން.
  8. ނެޓްވާރކް ޔޫސަރ އެކައުންޓްސްއާއި އެހެނިހެން ނެޓްވާރކް ރިސޯސަސް މެނޭޖްކުރުން.
  9. ނެޓްވާރކުން ލިބޭ ޚިދުމަތްތައް ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމާއި، އެއާ ގުޅޭ  ތަމްރީންތައް ހިންގުން.
  10. ނެޓްވާރކްގެ އަޕްޓައިމް މަތިކުރުމަށާއި، މުޅި ނެޓްވާރކްގެ ޕާފޯމަންސް ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  11. ނެޓަވާރކާއި ސާވަރ އެޕްލިކޭޝަންތައް ދުވަހުން ދުވަހަށް ބޭނުންކުރެވޭގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  12. އެންމެ ފަހުގެ ނެޓްވާރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވާރކް ސެކިއުރިޓީ އިޝޫސްތަކާބެހޭ އަޕްޑޭޓްސްތައް އިންޓާރނެޓްގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން.

ޝަރުޠު:                                             

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 24 – 30 ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.

 20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ