ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޕަބްލިކް ރިލޭޝަންސް އޮފިސަރ    

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

 

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން    

މަސައްކަތްކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް މަޢުލޫމާތު ދިނުމާއި އެ ފަރާތްތަކަށް ޚިދުމަތް އަވަސްކޮށްދިނުމުގެ ގޮތުން ކަންކަން ހަމަޖައްސައި، ހޮސްޕިޓަލުގެ ރިސެޕްޝަންގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ރެޖިސްޓަރޑް ނާރސް      

ބޭނުންވާ އަދަދު

10

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިވިޝަން

ނާރސިންގ   

މަސައްކަތް ކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑޮކްޓަރުންނަށް އެހީތެރިވެދިނުމާއި ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުން

ތަޢުލީމާއި ތަޖުރިބާ

ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން

މަޤާމު

އެކައުންޓްސް އޮފިސަރ     

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ޑިވިޝަން

ފައިނޭންސް   

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަޖެޓް ބެލެހެއްޓުމާއި ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ތަފްޞީލް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  1. ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  3. ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެންރޯލްޑް ނާރސް        

ބޭނުންވާ އަދަދު

05

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން   

މަސައްކަތް ކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑޮކްޓަރުންނަށް އެހީތެރިވެދިނުމާއި ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުން

ތަޢުލީމާއި ތަޖުރިބާ

ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން

މަޤާމު

އެސިސްޓެންޓް މެޑިކަލް ރެކޯޑްސް އޮފިސަރ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ޑިވިޝަން

އެޑްމިން އެންޑް ޕަރސަނަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މެޑިކަލް ރެކޯޑްސް ލިޔުންތައް އެންޓްރީކޮށް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލޭ ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި  

ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3350038 އެވެ. ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

10 ނޮވެންބަރު 2014
ހޯދާ