މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނެޓްވޯރކް އެޑްމިނިސްޓްރޭޓަރ

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                           

 

                              އިޢުލާން

            ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

ނެޓްވޯރކް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ދާއިމީ

މުސާރައިގެ ރޭންކް:

އައި.ޓީ 4

ކްލެސިފިކޭޝަން:

މެނޭޖީރިއަލް ޕްރޮފެޝަނަލް ސިވިލް އޮފިސަރސް

މުސާރަ:

މަހަކު -/11,190 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  -/5,035.50 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    

ހެޑް އޮފީސް / އައި.ޓީ ޑިވިޜަން

ފެންވަރު ނުވަތަ ޝަރުތު:                       

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ނެޓްވޯރކް ބެލެހެއްޓުމުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  2. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  3. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ކޯޕަރޭޓް ނެޓްވޯރކް އަދި ސާވާތައް ކޮންފިގަރކޮށް އެޑްމިނިސްޓްރޭޓްކޮށް ބެލެހެއްޓުމާ، ގަވައިދުން ސާވާ ތަކުގެ ބެކްއަޕް ނެގުން އަދި ނެޓްވޯކް ކޮންފިގަރ ކުރުމާއި ނެޓްވޯކްއަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުން
  2. އިންޓަނެޓް ޕެރެފެރެލްސްތައް ބެލެހެއްޓުމާއި އެތަކެތި ކޮންފިގަރކުރުން
  3. އަލަށް ބަހައްޓަންޖެހޭ ސާވާތައް ބެހެއްޓުމާއި އެ ތަކެތި ކޮންފިގަރކުރުން
  4. ޓެލެފޯން ޕީ.އޭ.ބީ.އެކްސް ބެހެއްޓުމާ މިނެޓްވޯކް ބެލެހެއްޓުން
  5. އަލަށް ނެޓްވޯކާ ގުޅަންބޭނުންވާ ކޮންޕިއުޓަރުތައް ނެޓްވޯކްއަށް ގުޅައިދިނުމާއި އަލަށް ނެޓްވޯކް އަޅަންޖެހޭތަންނަށް އަޅައިދިނުން
  6. ފަޔަވޯލް ބެލެހެއްޓުމާއި ކޮންފިގާ ކުރުން
  7. އޮފީސް މުވައްޒަފުންގެ ޔޫޒާރ އެކައުންޓްތައް ހަދާދިނުމާއި ބެލެހެއްޓުން
  8. އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި އެންމެ އެކަށިގެންވާ ގޮތެއްގައި އެސާމާނު ބޭނުން ކުރެވޭނޭ ގޮތްގޮތް ހޯދައި، ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުން

 

މަޤާމާއި ގުޅޭ ދާއިރާ:

- ނެޓްވޯރކް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ނެޓްވޯރކް / ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމް ޝަރުތު (ސާޅިސް ޕަސެންޓް)
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖްރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ (ފަންސަވީސް ޕަސެންޓް)

- ސީ.ސީ.އެން.އޭ / ސީ.ސީ.އެން.ޕީ / ޑެލް ނެޓްވޯރކިންގ / އެޗް.ޕީ.އީ ނެޓްވޯރކިންގ / ވީއެމްވެއަރ ނެޓްވޯކިންގ

- ސޯފޯސް / ޗެކްޕޮއިންޓް / ފޯޓިނެޓް

- ނެޓްވޯކް ފައިބާ ސްޕްލައިސްކުރުމާއި ނެޓްވޯކް ފައިބާ އެޅުމާއި ގުޅުންހުރި މަސައްކަތްތައް

  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

4. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ

7. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް

8. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ

9. ޕޮލިސް ރިޕޯޓް

ސުންގަޑި:

 

މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހު 15:00 ގެ ނިޔަލަށް

  [email protected]ނުވަތަ [email protected]

އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.)

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

  • މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ނޮވެމްބަރ 20 އާއި 24 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި މި ސަރވިސްއިންނެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

 

 

                                               

10 ނޮވެންބަރު 2022
ހޯދާ