މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ކޮންސަލްޓެންޓް)

ވަޒީފާގެ ފުރުސަތު(ކޮންސަލްޓެންޓް)

 ވަރލްޑް ބޭންކުގެ އެހީއާއެކު ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް، ހަޔަރ އެޑިޔުކޭޝަން މާސްޓަރ ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމު: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: ހަތަރު  (4) މަސްދުވަސް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކޮށްފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ނޮވެންބަރު 2014 ގެ 14:00 ގެ ކުރިން ނަންބަރު 103، އެދުރުހިޔާ އިމާރާތުގެ 1 ވަނަ ފަންގިފިލާގެއަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3341319 އަށް ގުޅުން އެދެމެވެ.

މި ގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާތިލުވާނެއެވެ.        

  1. ޕްރޮޕޯޒަލް.
  2. ކޮންސަލްޓެންސީގައި މަސައްކަތްކުރާނެ ފަރާތްތަކުގެ ކޮމްޕެނީ ޕްރޮފައިލް، ސީވީ، މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.
  3. ރެޖިސްޓްރޭޝަން ސެޓްފިކެޓް.

އެޕްލިކޭޝަން އެޑްރެސްކުރާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )، ނަންބަރު :103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ އިމާރާތް، ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ، ފޯން: 3341319 އީމެއިލް: [email protected]

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވޭނީ ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނާއި، އައިޑާ ކްރެޑިޓްއާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލް، ޖަނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު: - މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341103 ނުވަތަ 3341319 ފޯނާ ގުޅުން އެދެމެވެ.

                           19 މުޙައްރަމް 1436

12 ނޮވެންބަރު 2014
ހޯދާ