ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ ނުވަތަ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

މި އަތޮޅުގެ ތިރީގައި މިދަންނަވާ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލެމެވެ. މި ވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ބޭނުންވާ އަދަދު

ކޮމިއުނިޓީ ހެލްތު އޮފިސަރ ނުވަތަ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

01

  • މަޤާމުގެ ނަން: ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަޤާމު އޮތް ތަން

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ލ. މާމެންދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅުތެރޭގެ ރަށްރަށުގައި ކުރަންޖެހޭ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުން.

ޝަރުޠު

ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް ގައި ރަޖިސްޓަރީ ކޮށްފައިވުން.

  • މަޤާމުގެ ނަން: އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ލ. މާމެންދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅުތެރޭގެ ރަށްރަށުގައި ކުރަންޖެހޭ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް ގައި ރަޖިސްޓަރީ ކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކޮމިއުނިޓީ ހެލްތު އޮފިސަރ އަދި އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރގެ މަޤާމަށް ޝަރުޠުހަމަވާ މީހުން ތިބިނަމަ އިސްކަންދޭނީ ކޮމިއުނިޓީ ހެލްތު އޮފިސަރގެ މަގާމަށެވެ.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/100 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާ އަށް އެދި ސިޓީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  3. ވަނަވަރު
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800026 އެވެ. އިންޓަރވިއު ކުރިޔަށްދާނެ ތާރީޚެއް އިޢުލާނު މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 2 ހަފްތާގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

09 ނޮވެންބަރު 2014
ހޯދާ