ދިވެހިރާއްޖެ
މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355/355/2022/56(23 އޮކްޓޯބަރ 2022) އިއުލާނުން ފެންފުށީ ޒުވާނުންގެ ފުޓްސަލް މުބާރާތުގެ އިންތިޒާމްކޮށް ހިންގާ ކޮމިޓީ އަށް ކުރިމަތިލުމަށް ހުޅުވާލެވުނު ފުރުޞަތާ ގުޅިގެން އެކަށީގެންވާ އަދަދަށް ކުރިމަތިލާފައި ނުވާތީ އެކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިމުބާރާތް އިންތިޒާމުކޮށް ހިންގުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިކޮމިޓީގެ މެންބަރަކަށް މުބާރާތުގަ ކުޅޭ ކޮންމެ މެޗަކަށް -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މިކޮމިޓީގައި ހިމެނުމަށްއެދި ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު ތިރީގައި އެވަނީ އެވެ.
- ކުޅެފައިވާ ކޮންމެ މުބާރާތަކަށް 1 މާކްސް
- ކުޅެފައިވާ ކޮންމެ ފުޓްބޯޅަ/ފުޓްސަލް މުބާރާތަކަށް 1.5 މާކްސް
- އިންތިޒާމްކުރުމުގައި ހަރަކާތްތެރިވެފައިވާ ކޮންމެ މުބާރާތަކަށް 2 މާކްސް
- އިންތިޒާމްކުރުމުގައި ހަރަކާތްތެރިވެފައިވާ ކޮންމެ ފުޓްބޯޅަ/ފުޓްސަލް މުބާރާތަކަށް 2.5 މާކްސް
މުބާރާތް އިންތިޒާމްކޮށް ހިންގާކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީ އެވެ.
- މުބާރާތަށް ދަނޑު ތައްޔާރުކުރުން
- މުބާރާތުގެ މެޗުތަށް ލައިވް ކުރުން އަދި އެނައުންސްކުރުން
- މުބާރާތުގެ މެޗުތަށް ޖަޖުކުރުން / މަގާމުތަށް ހޮވުން
- އަދި މީގެއިތުރުން މުބާރާތް ފުރިހަމަ އިންތިޒާމެއްގެތެރެއިން ގެންދިއުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
ވީމާ، ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އިންތިޒާމްކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާކަން އަންގައިދޭ ލިޔުމާއެކު ސިޓީއަކުން މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނުމަށްއެދި މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.