ދިވެހިރާއްޖެ
މި އިދާރާގެ ޕިކަޕަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
މި އިދާރާގެ ޕިކަޕަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ބިޑް ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
17 ނޮވެމްބަރ 2022 |
ބްރާސްފަތި |
10:00 |
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4006696 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބް ހުށަހަޅުއްވާފައިވާނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
15 ރަބީޢުލްއާޚިރު 1444