ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/658

ތާރީޚު: 13 ނޮވެންބަރު 2014

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7،875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1،975 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 4

މަޤާމުގެ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިދާރީ މުވައްޒަފުންގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި، ފެކަލްޓީގެ ލިޔުންތަކާއި، ފެކަލްޓީން ފޮނުވާ ލިޔުންތަކާއި ލިބޭ ލިޔުންތައް ބެލެހެއްޓުން.
  • ފެކަލްޓީގެ ބަދިގޭގެ އިކުއިޕްމަންޓެއް ނުވަތަ އެހެނިހެން މެޝިނަރީއެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ކަންކުރަންޖޭ އުސޫލުން އެކަން ރަނގަޅުކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ކުރުން.
  • މަރުކަޒީ އިދާރާއިން އަންގާގޮތުގެމަތިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، އަހަރު ނިމުމުން އެ އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ފެކަލްޓީގެ އިދާރީ ހަރަކާތްތަކާއި އެކަޑެމިކް ހަރަކާތްތަކުގައި ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ،  ފެކަލްޓީގެ ހުރިހާ އިވެންޓްތަކެއްގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިދާރީ ދާއިރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ފެކަލްޓީގައި އެންމެ ގިނައިރު އުޅޭ އަދި ބަންދު ދުވަސްތަކުގައިވެސް ތަނުގެ ކަންތައްތައް ބެލެހެއްޓުމާއި، ހަފުތާގެ ހުރިހާ ދުވަހެއްގައިވެސް ތަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފެކަލްޓީ ބެލެހެއްޓުމުގެ އިސްރޯލެއް އަދާކުރުން.
  • ފެކަލްޓީއަށް ބޭނުންވާ ފަރުނީޗަރާއި ކޮންސިއުމަބަލްސް ފަދަ ތަކެތި ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެގޮތެއްގެމަތިން މަރުކަޒީ އިދާރާގެ ޕްރޮކިޔުމަންޓް ސެކްޝަނާ ގުޅައިގެން ހޯދުން. މި ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި ޕްރެކްޓިކަލްއަށް ބޭނުންވާ ތަކެތި ލަސްނުވާނޭހެން ހޯދުން.
  • ފެކަލްޓީއަށް ލިބޭ ކޮންސިއުމަބަލްސް ނުވަތަ ތަނުގައި ބަހައްޓައިގެން ބޭނުންކުރެވޭ ތަކެތީގެ ސްޓޮކް، ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތަކަށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި، ފެކަލްޓީގެ ބޭނުންތަކަށް ބަލަހައްޓާ ކޮންސިއުމަބަލްސް މުވައްޒަފުންނަށް ދޫކޮށް އެމީހުންނަށް ލިބުނުކަމުގެ ސޮއި ހޯދައި އޭގެ ރެކޯޑު ބެލެހެއްޓުން. (އަދި ވޭތުވެދިޔަ ތާނގައި ދޫކޮށްފައިވާ ތަކެތި ހަވާލުވިކަމުގެ ސޮޔާއި އޭގެ ރެކޯޑު ފުރިހަމަކުރުން.)
  • ފެކަލްޓީގެ ސްޓޮކް ރެކޯޑު ފޮތުގައި ބެލެހެއްޓުމުގެ އިތުރަށް 'އެމްއެސް އެކްސެލް' ގައި ކޮންމެ އައިޓަމަކަށްވެސް ވެއްދި، ދޫކުރި އަދި ބާކީ އެނގޭގޮތަށް ކޮމްޕިއުޓަރގައި ބެލެހެއްޓުން.
  • ފެކަލްޓީއަށް ހޯދަންޖެހޭ ކޮންސިއުމަބަލްސް ހޯދައި ބެލެހެއްޓުމުގައި 'ރީ-އޯޑަރިންގ ޕްލޭނެއް' ތައްޔާރުކޮށް އެއާ އެއްގޮތަށް ތަކެތި ހޯދުމުގެ ކަންތައް ކުރުން.
  • ބާވެ ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި ޤަވާއިދުން ނީލަމަށް ފޮނުވުމާއި،  ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ ރެކޯޑު ޤަވާއިދުންބަލަހައްޓައި، އިންވެންޓްރީއަށް އަންނަ ބަދަލުތަކުގެ ރެކޯޑު ޤަވާޢިދުން ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަނެ، އެކަންކަން ކުރަން ހަމަޖެހިފައިވާ ޤަވާޢިދުން ކޮށް، މާރާމާތުގެ ކަންތައް ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ދިގުމުއްދަތަށް ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ މަސައްކަތް ކުރަމުންދާގޮތް ބަލައި، މެއިންޓެނަންސް އެއްބަސްވުންތަކުގައި އެއްބަސްވެފައިވާގޮތަށް އެކަން ހިނގާތޯ ބަލައި ރިވިއުކޮށް، އެފަދަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެމަސްދުވަސް ކުރިން އާބަޔަކު ހޯދުމުގައި އަޅަންޖެހޭ ފިޔަވަޅު ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ ދަށުން އެޅުން.
  • ފެކަލްޓީގެ ބަދިގެ، ރެސްޓޯރަންޓް، ކުލާސް ރޫމް، ގޯތިތެރެ ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށްދީ، އެފަރާތްތަކުން ކުލި ދެއްކުމުގެ ކަންތައް ހިނގާނުހިނގާ ގޮތް ބަލައި، އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  
13 ނޮވެންބަރު 2014
ހޯދާ