މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރުސް

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                         

                                އިޢުލާން                                                  

  ތިރީގައި ދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އަސްކަންދޭވޭނީ  ދިވެހިބޭފުޅުންނަށެވެ.

 

މަޤާމް:

ނަރުސް

ބޭނުންވާ އަދަދު:

05

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

 ރޭންކް:

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  1,963/50ރުފިޔާ

ފުޑް އެލަވަންސް:

މަހަކު -/1800 ރުފިޔާ

ލިވިން އެލަވަންސް:

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    

މާފުށި ޖަލު / މާލެ ޖަލު، އައްސޭރި ޖަލު، ހުޅުމާލެ ޖަލު

މަޤާމުގެ ޤިންތި:

ދާއިމީ/ ކޮންޓްރެކްޓް

ފެންވަރު ނުވަތަ ޝަރުތު:               

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ނަރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮއްފައިވުން.
  2. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް އޮތުން.
  3. ބިދޭސީ އެއްނަމަ، 150 އެނދުގެ މެޑިކަލް ފެސިލިޓީއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މަސައްކަތުގެ ދާއިރާއާއި ދުރުގައި އެއް އަހަރަށް ވެރެ ގިނަ ދުވަހު އުޅެފައި ނުވުން.
  4. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  5. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން
  2. ރަސްމީ ޑިއުޓީގެ އިތުރުން ދިމާވާ އެމަރޖަންސީ ހާލަތްތަކުގައި ހާޒިރުވުން.
  3. ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާތުކޮއްފައި ބެހެއްޓުން.
  4. އޯޕޯޑީގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން.
  5. ބަންދުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ  ޤައިދީންނާއި ބަންދުމީހުންގެ މަންތުލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕް މޮނިޓަރ ކުރުން.
  6. އަލަށް ގެންނަ ޤައިދީންނާއި ބަންދުމީހުން ސްކްރީން ކުރުން.
  7. މެޑިކަލް ފައިންތައް ބެލެހެއްޓުން.

 

މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. ބިދޭސީ ނަމަ ފުރާނީ ބިދޭސީންނަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ތައްގަނޑުޖެހި ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް (ދިރިއުޅޭ ޤައުމެއްގެ)
  • ބިދޭސީއެއްނަމަ ފުރާފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމް
  • ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެނިއުންތަކުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ އެކު [email protected] ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ބަންދު ނޫން ކޮންމެ ދުވަހު 08:00 ން 16:00 އަށް ގުޅުއްވާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

 

އިތުރު މަޢުލޫމާތު

  • މިއީ މި ސަރވިސްއަށް ނަރުހުން ހޯދުމުގެ ދަތިކަން ހުރުމުގެ ސަބަބުން ރެކްރޫޓްމަންޓްގެ ޕްރޮސެސް އަވަސްކުރުމަށްޓަކައި، ނަރުހުންގެ ޕޫލްއެއް ހެދުމަށްޓަކައި ކުރެވިފައިވާ އިޢުލާނެކެވެ. މި އިޢުލާންގެ މުއްދަތު ކަމުގައި ކަނޑައެޅިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށެވެ.

(ފޯމާއެކު ރިސެޕްޝަނަށް ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުލާ ނަންބަރު ޖަހާފައެވެ. އަދި އިއުލާނާއި ގުޅިގެން ފޯމް )

 

 

 

                                               

09 ނޮވެންބަރު 2022
ހޯދާ