މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ޓެކްނޮލޮޖީ އެންޑް ޑިޖިޓަލް ސާރވިސް ޑިޕާޓްމަންޓްގެ އޮޑިޓްއެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 މި ކުންފުނީގެ ޓެކްނޮލޮޖީ އެންޑް ޑިޖިޓަލް ސާރވިސް ޑިޕާޓްމަންޓްގެ އޮޑިޓްއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/1/2022/120  އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައި ނުވާތީ އެނަމްބަރު އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މި އިއުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިތުރަށް ސާފުކުރުމަށް ބޭނުންފުޅުވާ މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލްކުރެވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިގޮތުން ސާފުކުރުމަށް ބޭނުންފުޅުވާ މައުލޫމާތުތަކަކީ މި ބިޑްއަށް ރަޖިސްޓަރވާ ހުރިހާ ފަރާތްތަކާއި ހިއްސާކުރެވޭނެ މައުލޫމާތެވެ.

    ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް ރަޖިސްޓަރ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ސަބްމިޝަން ފޯމް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

21 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ. އަދި ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި ބިޑްތައް ހުޅުވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ޓީއޯއާރްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

    

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

09 ނޮވެންބަރު 2022
ހޯދާ