އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ލޭބަރަރ، ޖެނެރަލް ވޯރކްސް (ކޮންޓްރެކްޓް)

މަޤާމް:

ލޭބަރަރ، ޖެނެރަލް ވޯރކްސް (ކޮންޓްރެކްޓް)

މަސައްކަތް ކުރަންޖެހޭ ތަން:

  ސ.ގަން

ބޭނުންވާ އަދަދު:

 3

މަގާމުގެ ޝަރުޠު:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުން
  • އުމުރުން 50 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި އަވީގަޔާއި ފިނީގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
  • އެކަނި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • އެއަރޕޯޓް އިމާރާތްތަކާއި ވަޞީލަތްތައް ދަމަހައްޓާ މަރާމަތުކުރުން.
  • ވިނަކޮށައި، ކުނިކަހައި ފަތް ނަގައި  ގަމުގެ އެކި ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
  • ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ގަމުގެ އިމާތާރްތަކާއި ވަސީލަތްތައް ދަމަހައްޓައި ސާފުކުރުން.

 ހުށަހަޅަންޖެހޭ ލިއުންތައް:

  • އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވަޒީފާއަށް އެދޭ ފޯމް.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ޕޮލިސް ރިޕޯޓް (3 މަސް ހަމަ ނުވާ).
  • ޕާސްޕޯޓް ސައިޒް ޕޮޓޯއެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތު ހަމަނުވާ).

ސުންގަޑި:

2022، ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ބިލްޑިންގ ނަންބަރ 100، ސ.ގަން

އައްޑޫ ސިޓީ

ފޯނު: 6898010  އީމެއިލް:[email protected] / [email protected]      

08 ނޮވެންބަރު 2022
ހޯދާ