ބީލަމުގެނަން: ލ.މާވަށު ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުން
|
ބީލަން ނަންބަރު: 400/PROJ/2022/5
|
އިއުލާނު ނަމްބަރު: (IUL)400/INDIV/2022/
|
އިއުލާނުގެ ވަނަ: 01
|
ލ.މާވަށު ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުމުގެ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަން ރަޖިސްޓްރީ ކުރުން
|
- 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. ބީލަން ރަޖިސްޓްރޭޝަންފީއަކީ -/100ރ އެވެ.
- ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ބީލަން ރަޖިސްޓްރޭޝަންފޯމް ފުރިހަމަކުރުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަންފީ ޖަމާކުރުމަށްފަހު ފޯމާއި ސްލިޕް މިކައުންސިލްގެ މެއިލްއެޑްރެސް އަށް([email protected]) މެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމު ހުށައެޅުއްވުން އެދެމެއެވެ.
އެކައުންޓް ނަންބަރު: 7707700295001
އެކައުންޓް ނަން: 1451 Revenue-1
- މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.
|
މައުލޫމާތު ސާފުކުރުން / މައުލޫމާތު ދިނުން
|
- މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް/ޕްރީ-ބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. މި ބީލަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ހިމެނޭ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ.
- މި ބީލަމާއި ގުޅެގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނަށެވެ.
- އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށެވެ.
|
ބީލަން ހުށައެޅުން / ބީލަން ހުޅުވުން
|
- ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2022 ނޮވެމްބަރ 20 ވާ އާދީއްތަ ދުވަހު 13:30އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ.މާވަށު ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2022 ނޮވެމްބަރ 20 ވާ އާދީއްތަ ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
|
|
|