ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2022/91
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހދ ނޮޅިވަރަންފަރުގެ ކުނި މެނޭޖްކުރުން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެހީގެ ދަށުން، މި ކައުންސިލަށް ހޯދަން ބޭނުންވާ 2 ޓަނުގެ ޕިކަޕްގެ ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރެޖިސްޓްރީ ކުރުމުގެ ސުންގަޑި: 17 ނޮވެމްބަރ 2022، 10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/yN4EZgCZND
އަންދާސީ ހިސާބު ހުށަހެޅުން:21 ނޮވެމްބަރު 2022، 10:00
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 17 ނޮވެމްބަރ 2022، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.