ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތާޖުއްދީން ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފެހުން
- ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދެއްވާނެ ދެފަރާތެއް ހޯދުމަށް
- ތާޖުއްދީން ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް 3 (ތިނެއް) އަހަރު ދުވަހަށް ފަހައި ދެއްވާނެ ދެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022ނޮވެމްބަރ 13 އިން 2022 ނޮވެމްބަރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2202 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ނޮވެމްބަރ 20 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތާޖުއްދީން ސްކޫލް
ފޯން: 3317175
އީ-މެއިލް: [email protected]
14 ރަބީއުލްއާހިރު 1444
08 ނޮވެމްބަރ 2022
08 ނޮވެންބަރު 2022
ހޯދާ