ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީގައި ސްވިމިންގ ޓްރަކް ތަރައްޤީކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ގއ. ވިލިނގިލީގައި ސްވިމިންގ ޓްރަކް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ސްވިމިންގ ޓްރަކް ތަރައްޤީކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 17 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރުމަށްފަހު މިއިދާރާގެ  info@vilingili.gov.mv އަށް މެއިލްކޮށް ރަޖިސްޓަރވުން އެދެމެވެ. އަދި މިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "މައުލޫމާތު ކަރުދާސް" ގައިވާ ގޮތަށް 24 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރުމަށްފަހު ކަނޑައެޅިފައިވާ ގަޑީގެ ކުރިން ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6822505 އެވެ.

 

08 ނޮވެންބަރު 2022
ހޯދާ