ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ޤުރްއާން މުބާރާތައް ހޮވިފައިވާ ދަރިވަރަށް ފަރިތަކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

     ނަންބަރ: (IUL)258/258/2022/101

އިޢުލާން

         

ޤައުމީ ޤުރްއާން މުބާރާތައްހޮވިފައިވާ ދަރިވަރަށް ފަރިތަކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 

 

            ޤައުމީ ޤުރްއާން މުބާރާތަށް ހޮވުނު ދަރިވަރަށް، 1 (އެކެއް) މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ފަރިތަކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  އަދި ފަރިތަކޮށްދިނުމަށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، 2  (ދެއެއް) ދުވަހު ހަނިމާދޫއަށް އައިސް ދަރިވަރަށް ފަރިތަކޮށް ދޭންވާނެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީއާއި، އައިޑީކާޑު ކޮޕީ، ލިބިފައިވާ ތަޖްރިބާ ސާބިތުވާ ލިޔުންތައް ހިމަނާ  ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

                އަދި މިސިޓީގައި އަމިއްލަފުޅަށް ހުރުމާއި ކެއުމުގެ ޙަރަދާއި، އެނޫންވެސް ޙަރަދެއް ކުރަންޖެހޭނެމަ އެޙަރަދެއް ހިމަނައިގެން ޖުމްލަ ޢަދަދުގެ ކޯޓެޝަންއެއް ސިޓީއާއިއެކު މިކައުންސިލަށް މުއްދަތު ހަމަވުމުގެ ކުރިން ހިއްސާކޮށްދެއްވުން އެދެމެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 ރަބީޢުލްއާޙިރު 1444

8 ނޮވެމްބަރ 2022

08 ނޮވެންބަރު 2022
ހޯދާ