ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އިންޓާރންޝިޕް ފުރުޞަތު

 

އިންޓާރންޝިޕް ފުރުޞަތު

ނަންބަރު:(IUL)195-A-HR/195/2022/21  

ތާރީޚް: 08 ނޮވެންބަރު 2022

މި ކޮމިޝަނުން ތިރީގައިވާ ދާއިރާ މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ދާއިރާ

-       ކޮމިޝަން ބިއުރޯ/މީޑިއާ

-       ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު

-       އެޑްމިނިސްޓްރޭޝަން

-       ޤާނޫނީ އަދި އިންވެސްޓިގޭޝަން

ބޭނުންވާ އަދަދު

02 (ދޭއް)

މުއްދަތު

06 މަސް

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އިންޓާރންޝިޕް އެލަވަންސް

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

 

 

އަސާސީ ޝަރުޠު

  1. "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިންޓަރންޝިޕް އުސޫލު" ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ގުޅުންހުރި ދާއިރާ އަކުން ކިޔަވަމުންދާ ނުވަތަ ކިޔެވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން.
  2. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އިންޓާރޝިޕަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ސެކްޝަން އިސްކަންދޭ ތަރުތީބުން ލިޔަންވާނެއެވެ.)
    1. އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު
    2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
    3. ކުރިމަތިލާ ފަރާތުގެ ވަނަވަރު
    4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
    5. ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ އަދާކުރި ތަނާއި މުއްދަތު އަދި މައިގަނޑު މަސްއޫލިއްޔަތާއި އެނގޭނެ ގޮތަށް އެތަނަކުން ދީފައިވާ  ލިޔުން.

ސުންގަޑި

16 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ   [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ ފުރިހަމަކޮށް އަދި ސިޓީއާއެކު ހުށަހަޅަންޖެހޭކަމަށް އިއުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަން ބާތިލްވާނެއެވެ.
  2. އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ސެކްޝަން/ދާއިރާ އިސްކަންދޭ ތަރުތީބުން ލިޔަންވާނެއެވެ.
  3. މެއިލް މެދުވެރިކޮށް ސިޓީ ފޮނުވާނަމަ، އިންޓާރންޝިޕަށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
  4. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ސިޓީއާއެކު ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދޭންވާނެއެވެ.
  5. ޝޯޓްލިސްޓްކުރެވި އިންޓާނުން ހޮވުމަށް ބާއްވާ އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  6. އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު ކޮމިޝަނުގެ ވެބްސައިޓް www.jsc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 
     
08 ނޮވެންބަރު 2022
ހޯދާ