މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ހިލަ، ހިލަވެލި، ރަށު ވެލި، ގައުފަދަ ތަކެތި ބެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލު އާންމުކުރުން

ނ. މަނަދޫ ބަނދަރު ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ މިކައުންސިލުން ނުހަނު އިސްކަމެއްދޭކަމެކެވެ. އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރަމެވެ. ބަނދަރުގައި ތަކެތި ބެހެއްޓުމުގައި ތަރުތީބެއް ކަނޑައަޅާ، ސާފުތާހިރުކޮށް ބަނދަރު ބޭއްވުމަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން މިގެންދަނީ ކުރަމުންނެވެ.

 އެގޮތުން ހިލަ، ހިލަވެލި، ރަށު ވެލި، ގައުފަދަ ތަކެތި ބަނދަރުގައި ބަހައްޓާނަމަ، އެތަކެތީގެ ދަށުގައި ސަތަރި އެޅުމަށް މިކައުންސިލުން ވާނީ އާއްމުކޮށް އިއުލާންކޮށްފައެވެ. އަދި ތަކެތި ބަހައްޓާ ސަރަހައްދުން ނެގުމަށްފަހު، އެތަކެތި ބަހައްޓާ ފަރާތްތަކުން އެސަރަހައްދު ސާފުކުރުމަށްވެސް ވާނީ އަންގާ އިއުލާންކުރެވިފައެވެ.

ވީމާ، އެއްވެސް ފަރާތަކުން ބަނދަރުގައި މިފަދަ އެއްވެސް އެއްޗެއް ބަހައްޓާނަމަ، ދެންނެވިފައިވާގޮތަށް އަމަލުކުރެއްވުން އެދެމެވެ. މިފަދަ އުސޫލުތައް އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރެވޭނީ ތިޔަ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައި ދަންނަވަމެވެ. މިފަދަ ކޮންމެ ކަމެއްގައި ހުރިހާ ފަރާތްތަކުން މިކައުންސިލަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް އިހްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                      08 ނޮވެމްބަރ 2022

08 ނޮވެންބަރު 2022
ހޯދާ