ދިވެހިރާއްޖެ
އިޢުލާން
ފ. މަގޫދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން:
- މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ބިމާއި އިޙްތިޞާސްގައި ހިމެނޭ ފ. މަގޫދޫގެ ފަޅު ހިމެނޭގޮތަށް، ކުރިޔައް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫޒް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭއާއި ކަމާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަށް، ރިޕޯޓްތައް އަދި ކުރެހުންތައްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
 
| 
 ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން  | 
 މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެންބަރު 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.  | 
| 
 ރަޖިސްޓްރޭޝަން ފީ  | 
 ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ކުރެއްވުން އެދެމެވެ. ( އެކައުންޓް ނަންބަރު: 7730000042894 (  | 
| 
 ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން  | 
 2022 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ. ބީލަން ހުޅުވާނީ 2022 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:05 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.  | 
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. މަގޫދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.
 - މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ    ފަރާތްތަކަށެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
 
 
14 ރަބީޢުލްއާޚިރު 1444
8 ނޮވެމްބަރ 2022
