މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ.މުލީ މެޖިސްޓްރޭޓް ކޯޓުން ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުން

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

       މ. މުލި،

       ދިވެހިރާއްޖެ.

 

                                                ނަންބަރު:  K5C-A/2022/32

އިޢުލާން

 

 

                 މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު މިކޯޓުގެ ނަމްބަރK5C-A/2022/31  (19 އޮކްޓޯބަރ 2022 ) އިޢުލާންއާއި ގުޅިގެން 30 އޮކްޓޯބަރ 2022 ވަނަ ދުވަހު އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް ހާޒިރުވެފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކޯޓުން ބައުވެ ހަލާކުވެގެން ނަގާފައިވާ (އިޢުލާނާއި އެޓޭޗްކޮށްފައިވާ ލިސްޓްގައިވާ) ތަކެތީގެ ނީލަން ކިޔުން 20 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:15 ގައި މިކޯޓުގެ ގޯތިތެރޭގައި އޮންނާނެއެވެ. މި ނީލަމުގައި ތަކެތި ނަންގަވާ ފަރާތްތަކުން 20 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ ރޭ 20:00 ކުރިން ނީލަމުން ނަންގަވާ ތަކެތި ގެންދަވަން ވާނެއެވެ. އަދި 21 އޮކްޓޯބަރ 2022  ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ނީލަމުގެ ފައިސާ ކޯޓަށް ދައްކަވާ ނިންމަވަން ވާނެއެވެ.

        ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

            

              08 ނޮވެމްބަރ 2022

08 ނޮވެންބަރު 2022
ހޯދާ