ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
މަޤާމު |
ކޭޝިއަރ |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް (01 އަހަރު) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޭޝިއަރިންގ/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް |
ޖުމްލަ މުސާރަ: |
-/10,201 ރުފިޔާ ( ދިހަ ހާސް ދުއިސައްތަ އެއް ރުފިޔާ) |
އިތުރު ޢިނާޔަތްތައް: |
އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
ޝަރުޠު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސްލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު: |
- އޭ.އެފް.ސީ ފިހާރައިގައި ކޭޝިއަރަކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. - ފިހާރަޔަށް ބޭނުންވާ މުދަލަށް ހެޑް އޮފް ޑިޕާޓްމަންޓުގެ ލަފަޔާއިއެކު ލަސްނުކޮށް އޯޑަރުކުރުން. އަދި މުދާ ގަތުމަށް ޕްރޮކިއުމަންޓަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން. - ފިހާރަޔަށް ގެންނަ މުދަލުގެ ތެރެއިން އެއްވެސް އެއްޗަކަށް އުނި އިތުރެއް އައިސްފައިވާނަމަ އެކަން ޕްރޮކިއުމަންޓުން އޮޅުންފިލުވައި ޑިޕާޓްމެންޓް ހެޑަށް އެކަން ރިޕޯޓްކުރުމާއިއެކު "ގުޑްސް ޑެލިވަރީ ނޯޓު"ގައި ހިމެނުން. - ފިހާރަޔަށް ގެންނަ މުދާ ލަސްނުކޮށް އެކައުންޓްސް ޑިޕާޓްމެންޓާއި ގުޅިގެން އަގު ހަދައި ސިސްޓަމަށް އެޅުން. - ފިހާރައިގައި ހުންނަ ތަކެތި ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނޭހެން ޑިސްޕްލޭ ކުރުމާއި، ވިއްކުމަށް ކަނޑައެޅިފައިވާ އަގު ހުރިހާ ތަކެއްޗެއްގައިވެސް ފަސޭހައިން ފެންނާނޭހެން ޖަހާފައި ބެހެއްޓުން. - ފިހާރައިގެ ރެކްތަކުގައި ހުންނަ ތަކެތީގެ މުއްދަތު ހަމަވާ ތާރީޚް ބަލައި، މުއްދަތު ހަމަވުމުގެ ކުރިން ޑިޕާޓްމެންޓް ހެޑުގެ ލަފަޔާއިއެކު އަގުހެޔޮކޮށް ވިއްކުން އަދި މުއްދަތު ހަމަވުމުން ލަސްނުކޮށް ރެކްތަކުން މިތަކެތި ނެގުން. މިގޮތުން ހަލާކުވެގެން ނެގޭ ތަކެއްޗަށް "ޑެމޭޖް ރިޕޯޓް" ތައްޔާރުކޮށް އެކައުންޓްސް އޮފިސަރާއިއެކު ޗެކްކޮށް ސޮއި ކުރުވުމަށްފަހު މިތަކެތި ފިހާރައިގެ އިންވެންޓްރީއިން އުނިކުރުވުން. - އޭ.އެފް.ސީ ޝޮޕް ތަރައްޤީކޮށް ވެރައިޓީސްތައް އިތުރުކުރުމަށްޓަކާ ޑިޕާޓްމެންޓް ހެޑުގެ އިރުޝާދުގެ ދަށުން ޕްރޮކިއުމަންޓާއި ގުޅިގެން މުދަލުގެ ސާމްޕަލްތައް ހޯދައި އެތަކެތި ފިހާރައިގައި ހިގާނެ ވަރެއ ބަލައި އޯޑަރުކުރުން. - ފިހާރަޔަށް ގެންނަ މުދާ ސިސްޓަމަށް އެޅުމުގައި ސްޕަވައިޒަރަށް އެހީތެރިވެދިނުމާއި އަދި ހަދަންޖެހޭ ރިޕޯޓްތައް ހެދުން. - ފިހާރަޔަށް ގެންނަ މުދަލުގެ މުއްދަތު ހަމަވާ ތާރީޚް ބަލައި މުއްދަތު ހަމަވެފައި ހުންނަ އެއްޗިއްސާއި އަދި މުއްދަތު ހަމަވާން ކައިރިވެފައި ހުންނަ އެއްޗެހި ވަކިކޮށް ސްޕަވައިޒަރަށް ރިޕޯޓް ކުރުން. - ރެކްތަކުގައި ޑިސްޕްލޭއަށް ބަހައްޓާފައި ހުންނަ ތަކެތި ހުސްވުމުގެ ކުރިން ސްޓޮކްގައި އެ އެއްޗެހި ހުރިނަމަ ރެކްތަކުގައި ޖަހާ އެކަންތައްތައް ބެލެހެއްޓުން. އަދި މަދުވާ ސްޓޮކަށް އޯޑަރުދިނުމުގައި ސްޕަވައިޒަރަށް އެހީތެރިވެދިނުން. - އެދުވަހެއްގެ ސޭލްސް ނިމުމުން "ޑެއިލީ ސޭލްސް ރިޕޯޓް" ތައްޔާރުކޮށް ހެޑް ކޭޝިއަރާއި ލަސްނުކޮށް އެރޭ ޙަވާލުކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
އިންޓަރވިއު ކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. ބ- ޕޮލިސްރިޕޯޓް. |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
|
ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.