ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ލ.ކައްދޫ އެއަރޕޯޓަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް 2022 ޑިސެމްބަރ 01 އިން ފެށިގެން 2 އަހަރުދުވަހަށް ލ.ކައްދޫ އެއަރޕޯޓަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން 

ތާރީޚް: 17 ނޮވެމްބަރ 2022

ގަޑި: 13:00

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅުއްވާނީ މާލެއިން ނަމަ މިކުންފުނީގެ ހެޑް އޮފީހަށް ނުވަތަ ކައްދޫއިން ނަމަ ކައްދޫ އެއަރޕޯޓް އޮފީހަށެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ ގަޑީގައި) 7411067 ނަންބަރު ފޯނާއެވެ. ނުވަތަ [email protected] އަށް މެއިލް ކުރުމުންވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

 

14 ރަބީޢުލްއާޚިރް 1444

08 ނޮވެމްބަރ   2022

                

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް

މިނިސްޓްރީ އޮފް ޑިފެންސް

އަމީރު އަހުމަދު މަގު

މާލެ / ދިވެހިރާއްޖެ

ފޯން: 3011734

އީމެއިލް: [email protected]

08 ނޮވެންބަރު 2022
ހޯދާ