ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ނެޝަނަލް އާޓް ގެލެރީއަށް ބޭނުންވާ ބައެއް މަސައްކަތާއި ތަކެތި ހޯދުމަށް

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ދަށުން ހިނގާ ނެޝަނަލް އާޓް ގެލެރީއަށް ބޭނުންވާ ބައެއްތަކެއްޗާއި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިވާ މަސައްކަތްތަކާއި ތަކެތީގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 20 ނޮވެންބަރު 2014ވަނަ ދުވަހުގެ 14:00ގައި ނެޝަނަލް އާޓް ގެލެރީގައެވެ.

1- ދޮރެއް ހަދައި ހަރުކުރުން ( ތަނުން ދައްކާ ނަމޫނާއަކާ އެއްގޮތަށް )

2- ކުރެހުން އަޅުވާ ސިސްޓަމެއް ހަރުކުރުން ( ތަނުން ދައްކާ ނަމޫނާއަކާ އެއްގޮތަށް )

3- ފަންގިފިލާއިން ލީކުވާ ތަންތަން މަރާމާތުކުރުން

4- ބެނަރ ހަރުކުރާ ސިސްޓަމެއް ބަހައްޓައިދިނުން ( ތަނުން ދައްކާ ނަމޫނާއަކާ އެއްގޮތަށް )

5- ޕޯޑިއަމެއް ތައްޔާރުކޮށްދިނުން ( ތަނުން ދައްކާ ނަމޫނާއަކާ އެއްގޮތަށް )

6- ކުރެހުން ބަހައްޓާ ސިސްޓަމެއް ހަދައިދިނުން ( ތަނުން ދައްކާ ނަމޫނާއަކާ އެއްގޮތަށް )

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (ހަނދުވަރުދޭ ހިނގުން، އޮލިމްޕަސް ކޮމްޕްލެކްސް) އަށް 24 ނޮވެންބަރު 2014ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިސެންޓަރުގެ 3832 334 ނުވަތަ ކިއުރޭޓަރ އަލްފާޟިލް އަޙުމަދު ނަޢީމު 7654 777 ނަންބަރު ފޯނާއެވެ.

06 ނޮވެންބަރު 2014
ހޯދާ