ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބުގައި މާ ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 06 އޮކްޓޫބަރު 2022 ވަނަ ދުވަހު ކުރި ނަންބަރު (IUL)-BCC/PRC/2022/34 އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވާތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ |
ހޯމަ |
14 ނޮވެންބަރު 2022 |
10:00 |
އަންދާސީހިސާބު ތައްޔާރުކުރައްވަން ވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.