ދިވެހިރާއްޖެ
ދީނީ ފެސިޓޭޓަރުން ބޭނުންވެއްޖެ
މިއެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ހިންގުމަށް ހަމަޖެހިފައިވާ ދީނީ ކްލާސްތައް ނަންގަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ.ހިންމަފުށީގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް
- ނަމާދުކުރުމުގެ މުހިންމުކަން
- ޤުރުއާން ކިޔެވުމުގެ މުހިންމުކަން
- އިސްލާމްދީނުގެ ރުކުންތައް
- ހިނެއިން ވާޖިބުވާ ކަންކަމާއި ހިނައިގަތުން
- އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަން
- ޒިކުރުކުރުން
- ޢާއިލީ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާތައް)
- ތަޢުބާވުމާއި މާފްކުރުން
- އިސްލާމީ ނަޒަރަކުން ދުޅަހެޔޮ ޞިއްޙަތު
- އިސްލާމީ ނަޒަރަކުން ކްރޭވިންގ މެނޭޖްމަންޓް
- އިސްލާމީ ރަނގަޅު މަންހަޖުގައި ސާބިތުވެހުރުން
- އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ދުނިޔަވީ ޙަޔާތް
އުޖޫރަ
ކްލާސް ހިންގާ ގަޑިއިރަކަށް އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން، މިއެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.
ފެސިލިޓޭޓަރުން ހޮވުމުގައި ތަޢުލީމީ ފެންވަރާއި، ކިޔަވައިދިނުމުގެ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށް އިސްކަންދޭ އުސޫލުން ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކްލާސްތައް ނެގުމަށް ހަވާލުކުރެވޭނެއެވެ.
ސިޓީ ފޮނުއްވާއިރު އެބޭފުޅެއް ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާތައް އެނގޭނެގޮތަށް ޖެއްސެވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި އެފަރާތެއްގެ ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓްތަކުގެ އެކްރެޑިޓް ކުރެވިފައިވާ ކޮޕީ މިއެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
- ފޯން: 3312018
- ފެކްސް: 3328184
- އީމެއިލް: [email protected]
19 މުޙައްރަމް 1436